ލިޔުނީ: އަޒްހީން

ރ. މީދޫއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެރަށަށް ގެންދެވުނު ޖަނަރޭޓަރު ބެހެޓުމަށްޓަކައި ބޮޑު ކުރެވުނު ޑެގުގެ 70 އިންސަތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ޖަނަރޭޓަރުގެ އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ވަނީ ރ.މީދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރްއެއް ރޭގެ ވަގުތެއްގައި އެރަށަށް ފޮނުވާފައިވެއެވެ. މީއި ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިމާފެފައިވާ ކަރަންޓުގެ މަައްސަލަތައް ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަރެއިން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް އެކުންފުނިން ބުނެއެވެ.