އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 8 ވޯޓް ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ ތަނަށް އިލެކްޝަން ކޮމިޝަނުން މިއަދު ބަދަލު ގެނެސްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިބަދަލު ގެންނަން ޖެހުނީ ވޯޓްލާ ސަަރަހައްދުގެ ތޮއްޖެހުންް ކުޑަކޮށް، ވޯޓްލާންދާ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކަމަށެވެ.

ބަދަލުގެނެސްފައިވާ 8 ވޯޓު ފޮށި މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު:

  • ނ. ވެލިދޫ-1 – ނ. ވެލިދޫ، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
  • ތ. ގުރައިދޫ-1 – ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
  • ތ. ގުރައިދޫ-2 – ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭ.ވީ ރޫމް
  • ތ. ތިމަރަފުށި-1 – ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
  • ގަލޮޅު ދެކުނު-5 – މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
  • ރ. އަތޮޅު، މާލެ-2 – އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
  • ދ. އަތޮޅު، މާލެ-1 – މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
  • ލ. އަތޮޅު، މާލެ-5 – މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ

މަޖިލިސް އިންތިހާބުގައި މިފަހަރު މުޅިއެކު ބަހައްޓާނީ 608 ފޮޓެވެ. މީގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 241 ފޮށި ބަހައްޓާނެއެވެ. ބޭރު ގައުމުތަކުގެ ތެރެއިން ވޯޓް ފޮށި ބަހައްޓާނީ އިންޑިޔާ، ލަންކާ އަދި މެލޭޝިޔާގައެވެ.