ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ހިއްކައި ނިމިއްޖެ ކަމަށް އިމާރާތް ކުރުމާބެހޭ ވުޒާރާއިން ހާމަ ކުރައްވައިފިއެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކީ 18 މިލިޔަން ކިއުބިކް މީޓަރުގެ ސަރަހައްދެކެވެ.

އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގުޅީފަޅުން ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ވަނީ ފުށިދިއްގަރު ފަޅު ހިއްކުމަށްވެސް ނިންމާފައެވެ.