ލިޔުނީ: އަޒްހީން

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

40.57 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ބޮޑެތި މަސައްކަތްތަކެއް ހިމެނިގެންދާނެއެވެ. އޭގެ ތެރޭގައި 12،800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިންއެއް ފެންކުރުމާއި، ޖުމްލަ 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރު ތޮށިލުން ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން، 482 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމު ތޮށިލުމާއި، 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުމާއި، 10 މީޓަރު ދިގު، ނުވަ މީޓަރު ފުޅާ ރޭމްޕެއް ޖެހުމާއީ އަދި 16 މީޓަރުދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. މި ތަރައްޤީގެ މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާއި މޫރިންގ ބޯއީސް ހަރުކުރުންވެސް ހިމެނިގެންދާނެއެވެ.