ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ޠޫފާނެއް އަރައި ޤައުމު ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެޤައުގެ ވެރިރަށް ދުބާއީ އަށް އަންގަރަ ދުވަހު ކުރިމަތިވި ވަޔާއި، ވިއްސާރައިގެ ޠުފާނު ގައި ދުބާއީގެ އެއާޕޯޓާއި، މަގުތައް ވަނީ ފެން ބޮޑުވެފައެވެ. އެކަމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ހުރަސް އެޅިފައި ވެއެވެ. މިއީ ވޭތުވެ ދިޔަ 75 އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ އެންމެ ނުރައްކަތެރި ޠޫފާނެވެ. މިގޮތުން އެއާޕޯޓުގައި ފެން ބޮޑުވުމުގެ ސަބަބުން ވަނީ ބަންދު ކޮށްފައެވެ.

ޔޫއޭއީގެ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާ ލާފައެވެ. އަދި މަގުތައް ވެސް ވަނީ އާދަޔާ ޚިލާފަށް ފެން ބޮޑުވެފައެވެ. އަދި ބާރު ވައިގެ ސަބަބުން ޢިމާރާތްތަކަށް ގެއްލުން ވަމުންދާ ތަން ފެންނަ ވީޑިއޯ ތައްވެސް މީސް މީޑިއާ ގައި ދައުރުވަމުން ދެއެވެ. މި ޠޫފާނުގައި އެ ޤައުމުގެ ބައެއް ތަންތަނަށް ހޮނުއެޅުން ފަދަ ޙާދިޘާތައް ވެސް ކުރިމަތި ވަމުން ދާ ކަމުގެ ޚަބަރުތައް ރިޕޯޓު ކޮށްފައި ވެއެވެ.

ޔޫއޭއީގެ އިތުރުން އޮމާނަށްވެސް ވަނީ މި ތޫފާނުގެ އަސަރުކޮށް 19 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.