ލިޔުނީ: އަޒްހީން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އއ. މާޅޮހަަށް ޒިޔާރަތްކުރައްވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ އިތުރުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އަދި ބައެއް އިސްވެރިންވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިދަރުތުފުޅުގައި މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން އެރަށު އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އިންޖީނުގެ ބައްލަވާލައްވާ، އަދި އިންޖީނުގޭގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. މިގޮތުން މުވައްޒަފުނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އެ ރަށުގައި މިހާރު ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިއެވެ.

ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ފަހުމީ ގެންދަވަނީ ސްޓެލްކޯއިން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކާއި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުންނެވެ.