ލިޔުނީ: އަޒްހީން

މ. ދިއްގަރުގައި ހައުސިން ޔުނިޓްތަކެއް އިމާރާތުކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިއަދު ބޭއްވި ރަސްމިޔާތެއްގައިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވ އޮފިސަރ އަލްފާޟިލް ޢަބްދު ﷲ ޒިޔާދެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑެވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢަކީ 117.97 މިލިއަންރުފިޔާއަށް 420 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މާޝްރޫޢުއެއްކަމަށް އެމްޓީސީސީއިން ބުނެއެވެ. މި މަޝްރޫޢެގެ ދަށުން، 1000 އަކަފޫޓުގެެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓްް އިމާރާތްް ކުރެވިގެން ދާނެކައެވެ. މީގެ އިތުރުން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

1460 މީހުންގެ އާބާދީއެއް އޮންނަ ދިއްގަރަކީ ޒަމާނުއްސުރެ ގެދޮރުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. މި މަޝްރޫޢުއާއެކު އެ މައްސަލައަށް އެރަށު ރައްޔިތުންނަށް ލިބިގެންދާނެެއެވެ.