ލިޔުނީ : އަޒްހީން

ހދ. މަކުނުދޫ، ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވުމެއްގައި ސޮއެކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް ތޮއާމް މުޙައްމަދު އަދި އާރުޑީސީ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީހު އަފީފްއެވެ.

އާރްޑީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ އެތައް މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ.