ފަލަސްތީނުގެ ޣައްޒާ ސަރަޙުއްދުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ ނިންމައި އަދި މަޝްރޫޢު އިސްރާއީލުގެ ކެބިނެޓަށް ހުށައަޅައިފިއެވެ.

ކެބިނެޓުގެ މިބައްދުލުމުގައި ނަތަންޔާހޫ ހާމަކޮށްފައި ވަނީ، މި މަޝްރޫޢަކީ، އިސްރާއީލަށް ޙިމާޔަތާއި، ރައްކާތެރިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫޢެއް ކަމުގައެވެ. އަދި އޭގެ އިތުރުން މި މަޝްރޫޢާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި، ޖަރުމަނު ވިލާތާ އެކުވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝިން އާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުއާ ވެސް މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ. އަދި މީގެ އިތުރުން އެހެނިހެން ލީޑަރުންނާ ވެސް މަޝްވަރާ ކުރަނެ ކަމަށް ހާމަކުރިއެވެ. މިއީ ފަސް ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

މި މަޝްރޫޢަށް އެކުވެރި ޤައުމުތަކުގެ ލީޑަރުން ވެސް ތާއީދު ކުރައްވާނޭ ކަމަށް ޤަބޫލުކުރާ ކުރާ ކަމަށާއި، އެކަމާ ގުޅިގެން އެ ލީޑަރުން ބޭނުންވެ ލައްވާ ކަންތައްތަކެއް ވެސް ހުރި ކަމުގައެވެ. ނަމަވެސް އެއީ ކޮންކޮން ބޭނުންތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. މިހެން މިކަން އޮތްނަމަވެސް މި މަޝްރޫޢު ކެބިނެޓަށް ހުށައުޅުގެ މަޤްޞަދަކީ ކެބިނެޓުގެ ނިންމުމެއް ހޯދުން ކަމުގައެވެ. މި ގޮތުން ޣައްޒާގައި ވަޒަންވެރި ކުރާ ޔަހޫދީންނަށް ލުއިފަސޭހަތަކެއް މަޖެހޭނެ ކަމަށް ވެސް ހާމަކުރިއެވެ. މިގޮތުން ގެދޮރު ބިނާކުރުމާއި، ތަޢުލީމާއި، ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމުގައެވެ. އަދި ޞިއްޙީ ޚިދުމަތް ވެސް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ގެންދަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަރައިގަނެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލް އާންމުތައް ހިންގަމުންނެވެ. މިގަތުލް އާންމުތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އެމެރިކާގެ މަދަދު ހައްދެއް ނެތް މިންވަރަށް ލިބެމުންދާ އިޒްރޭލުގެ މި ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި މުޅި ދުނިޔެ އޮތީ ނުކުޅެދިފައެވެ.