ލިޔުނީ: އަޒްހީން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން އދ. ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސައިޓް މޮބިލައިޒްކޮށްފިއެވެ.

71.16 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުން ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން، 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރުއުގެދަށުން ކުރިއަށްދާނެއެވެ.