9:30 ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ކަނޑައަޅާފައި ހުރި ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިއްޖެ - އިލެކްޝަންސް

ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަ ކުރައްވާފައިވާ ގޮތުގައި ވޯޓް ލުން ކުރިއަށްދާނީ މިއަދު ހަވީރު 17:30 އަށެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަަށް މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުވަދިހަ ތިން ދާއިރާއަށް 368 ކެންޑިޑޭޓުން ވާދަ ކުރާކަން ފާހަގަ ކޮށްލެވެއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ވޯޓްލާ މަރުކަޒަށް ވެއްދޭނީ ހަމައެކަނި ކަޅު، ނުވަތަ ނޫކުލައިގެ ގަލަމެކެވެ.