ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ އަދަދު ނެރެދެއްވައިފިއެވެ.

"އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަހުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހުތިރާމު ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަޖައްލާ ނެރެދެއްވީ އިއްޒަތްތެރި ދިފާޢީ ވަޒީރު، އޮނަރަބަލް ގައްސާން މައުމޫންއެވެ. އައްޑަނަ މަޖައްލާގެ މިފަހަރުގެ އަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ގައުމިއްޔަތު" މި މައުޟޫގެ މައްޗަށެވެ.

މިފަހަރުގެ މަޖައްލާގައި ގައުމީ، އިޖްތިމާއީ، ދީނީ، ސިއްހީ، ތާރީހާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ އިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.