މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓުލައްވާފައި ވަނީ ހެންވެއިރު ދަނޑުގައި ބަހައްޓާފައި ހުރި ފަރެސްމާތޮޑާ ދާއިރާގެ ފޮށްޓަށެވެ.

މިއަދު ހެނދުނުގެ 8:00 އިން ފެށިގެން ކުރިއަށްދާ މި އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ވޯޓު ލައްވާފައެވެ.

އިލެކްޝަން ކޮމިޝަނުން ހާމަ ކުރައްވާފައިވާ ގޮތުގައި ވޯޓް ލުން ކުރިއަށްދާނީ މިއަދު ހަވީރު 17:30 އަށެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަަށް މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުވަދިހަ ތިން ދާއިރާއަށް 368 ކެންޑިޑޭޓުން ވާދަ ކުރާކަން ފާހަގަ ކޮށްލެވެއެވެ.