ހުޅުމާލެ ފޭސް 1 ގެ "ލޮޓް 11071" އިމާރާތުގައި ހުރި އޭސީގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 12:25 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ނިއްވުމަށް ކުރި މަސައްކަތުން މިއަދު 12:36 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އޭސީގެ އައުޓްޑޯރއަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އިމާރާތުގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.