ލިޔުނީ: އަޒްހީން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކުރުމާ ގުޅިގެން އުފާ ފާޅުކުރުމުގެ ގޮތުން މިރޭ އާޓިފިޝިއަލް ބީޗުގައި ހަވާ އަރުވަން ނިންމައިފިއެވެ.

އުފާފާޅު ކުރުމުގެ ހަރަކާތް އާޓިފިޝިއަލް ބީޗުގައި ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ. އުފާފާޅު ކުރުމުގެ މިހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ވިހިވަނަ ރައްޔިތުން މަޖިލީހުގައި 93 ދާއިރާއަށް މެންބަރުން ވާދަކުއިރު 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދީ ޕީއެންސީއިންނެވެ.

ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. މީގެ އިތުރުން، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

ޕީއެންސީން ޓިކެޓާ ނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.