ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކޮންމެ ރައްޔިތަކުވެސް އެދެމުން އައި ކަންކަން ފަހިކޮށްދެއްވާނެ ކަމަށާއި އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިދާޅުވެ ރައީސް ވަނީ އަމިއްލަ މަސްލަހަށްވުރެ ވަތަނީ އަޒުމް އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ލޮބުވެތި ރައްޔިތުން ސާބިތު މިކޮށްދެއްވީ ދިވެހި ރައްޔިތުން ބޭނުންވަނީ މި ގައުމު މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދާ، އިސްލާމް ދީނުގެ ޝިއާރް މަތިވެރި ކުރާ ގައުމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.
އަދި ރައްޔިތުން އެދޭ ތަރައްޤީ ބާރު ދުވެލީގައި ހޯދުމަށާއި، ގައުމުގައި ދެން އޮންނަން ވާނީ ހަމަޖެހުމާއި ހިތްހަމަޖެހުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ ތަރައްޤީއަށް ގިނަކަންކަން ކުރަން ހުރިކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގެދޮރުވެރިކަމުގެ ހިތި މާޒީ ދޫކޮށްލާ، މުޅި ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.