ލިޔުނީ: އަޒްހީން

އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވުމަަށްް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑް ހޯލްޑަރުންނަށް އާ ޕުރޮމޯޝަންއަކާއެކު ހުޅުވާލައިފިއެވެ.

އެއް ނަސީބުވެރިއަކަށް އެމީހެއްގެ ދަރިފުޅު ކުޅުންތެރިއެއްގެ މެސްކޮޓަކަށް ވެ، ފޭވަރިޓް ކުޅުންތެރިންނާ އެކު ދަނޑަށް އެރުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަން ކާމިޔާބުކުރާ ފަރާތަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް މާސްޓަރކާޑު "ސްޕެންޑް އެންޑް ވިން" ޕްރޮމޯޝަން މި އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

ބީއެމްއެލް މާސްޓާކާޑް ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ލޯކަލް ނުވަތަ އިންޓަނޭޝަނަލް ޓްރާންސެކްޝަނެއް ކުރާ ފަރާތްތަކުން ޑްރޯގެ ތެރެއަށް ވަންނާނެެވެ. ބީއެމްއެލް އިން ބުނާގޮތުގައި ލަކީޑްރޯއަށް ޝަރުތު ހަމަވާނީ ޖުމްލަ 500 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން މާސްޓާކާޑުއަކުން ހޭދަކޮއްފައި ހުރުމުންނެވެ.

ބީއެމްއެލް އިން ބުނީ މި ގްރޭންޑް ޕްރައިޒްގެ ތެރޭގައި ލަންޑަނަށް ދެ މީހަކަށް (ބޮޑުމީހެއް އަދި ކުޑަ ކުއްޖެއް) ރިޓާން ފްލައިޓް، އެކޮމޮޑޭޝަން، ފައިނަލް މެޗުގެ ޓިކެޓް، ދަރިފުޅަށް ޕްލޭޔާ މެސްކޮޓް އަކަށް ވުމުގެ ފުރުސަތު، 250 ދޮލަރުގެ ޕޮކެޓް މަނީ އަދި އުތުރު ހަދިޔާއެއް ހިމެނޭ ކަމަށެވެ.