ޣައްޒާގެ ދެ ހޮސްޕިޓަލަކުން ފެނުނު މައްޔިތުންގެ ބޮޑު ދެ ވަޅުގަނޑުގެ ސަބަބުން އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ޗީފް ޙައިރާން ވެއްޖެ ކަމަށް ހާމަކޮށްފިއެވެ.

މި ދެ ވަޅުގަނޑު ފެނިފައި ވަނީ ޣައްޒާގެ އައްނަޞްރު ހޮސްޕިޓަލާއި، އައްޝިފާ ހޮސްޕިޓަލުންނެވެ. މި ވަޅުގަނޑު ތައް ފެނިފައި ވަނީ އިޒްރޭލުން، އެ ދެ ހޮސްޕިޓަލް ޙިޞާރުކޮށް އެ ތަނުގައި ހިންގި ކަންތައްތަކެއް ނިންމުމައް ފަހު އެ ދެ ތަން ދޫކޮށް ދިޔުމަށް ފަހުގައެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ޗީފް ވޯކަރ އާ ޙަވާލާދީ ބީބީސީ. ގައި ރިޕޯޓުކޮށްފައި ވަނީ ވަކިފަރާތަކަށް ނުޖެހޭ ބަޔަކު މި ކަން ތަޙްޤީޤު ކުރަން ޖެހޭ ކަމުގައެވެ. މިކަމާ ގުޅޭ ގޮތުން ފަޞްޠީނުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ މި ދެ ވަޅުގަނޑުން ފެނުނު ހަށިގަނޑުތައް ތަޙުލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް އެ ހަށިތަކުން، އެ މީހުން މަރުވީ ކިހިނެއް ކާމާއި، ކޮށް ދުވަހެއްގައި ކަން އަދި ކަށަވަރު ވެފައި ނުވާ ކަމުގައެވެ. މިކަމާ ގުޅިގެން އިސްރާއީލުން ބުނަމުން ގެންދަނީ އެއީ އެބައި މީހުންގެ ކަމެއް ނޫން ކަމުގައެވެ. އަދި އެއީ އެ ދެ ހޮސްޕިޓަލް ޙަމާސްގެ ބާރުގެ ދަށުގައި އޮތް އިރު ޙަމާސް އިން ކޮށްގެން އުޅޭ ކަމެއްކަމުގައެވެ.

މި ތުހުމަތު ތަކަށް އިތުރު ބާރު ދިނުމުގެ ގޮތުން ބީބީސީ. ގައި އިސްރާއީލުގެ ޢަސްކަރީ ވެރިންނާ ޙަވާލާ ދީ ލިޔެފައިވެއެވެ. އިސްރާއިލުގެ ސިފައިން ޣައްޒާގެ އެހެނިހެން ހޮސްޕިޓަލްތަކުގައި ވެސް އޮޕަރޭޝަންތައް ހިންގި ކަމަށެވެ. އެތަންތަނުގައި މިފަދަ ކަންކަން ފެނިފައި ނުވާކަމުގައެވެ. އިތުރަށް ލިޔެފައިވާ ގޮތުގައި މި ދިޔަ ނޮވެމްބަރ މަހު އިޒްރޭލުގެ ސިފައި އައްޝިފާ ހޮސްޕިޓަލާއި، އައްނަޞްރު ހޮސްޕިޓަލް ޙިޞާރުކޮށްގެން އުޅުނު ދުވަސްވަރު ޙަމާސްގެ މުޖާހިދުން އަމުރުކުރުމުން އެތަންތަނުން މަރުވި މީހުން ހޮސްޕިޓަލުގެ ތެރޭގައި ވަޅުލާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމުގައެވެ. އަދި ޙަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން ދޫކޮށްލި މީހުން، އެ ބައިމީހުން ހައްޔަރު ކޮށްފައި ތިބީ އެ ދެ ހޮސްޕިޓަލުގައި ކަމަށް އެ ދުވަސް ވަރު އެ މީހުން ބުނެފައިވާ ކަމުގައެވެ.

ނަމަވެސް އިޒްރާއީލުގެ ސިފައިން އެ ދެ ހޮސްޕިޓަލް ޙިޞާރުކޮށްގެން ތިބި ދުވަސްވަރު އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި، މަސްއޫލުވެރިން ހާމަކުރަމުން ގެންދިޔަ ބިރުވެރި ޚަބަރުތަކާ ގުޅެ އެއްވެސް މަޢުލޫމާތެއް ބީބީސީ. ގެ މި ޚަބަރުގައި ފާހަގަ ކޮށްފައި ނުވެއެވެ.