އެމެރިކާ ސެނެޓުން ތިން ޤައުމަކަށް 95 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފާސްކޮށްފި އެވެ.

މި ދިޔަ ބުރާސްފަތި ދުވަހު ފާސްކުރި މި އެހީތައް ދިނުމަށް ހަމަޖެހިފައި ވަނީ އިޒްރޭލަށާއި، ޔުކުރެއިނަށާއި، ތައިވާނަށެވެ. މި އެހީ ފާސްކުރެ ވުނީ 79 ވޯޓު 18 ވޯޓުންނެވެ. ފާސްކުރެވުނީ މި މައްސަލައިގައި މަސްތަކަކަށް ސެނެޓުގައި މަޑުޖެހެފައި އޮތުމަށްފަހުއެވެ. ވޯޓު ނުދޭ ސެނަޓަރުންގެ ތެރޭގައި ވެރިކަން ކުރާ ޑިމޮކްރޭޓުންގެ 3 މެމްބަރުންނާއި، ރިޕަބްލިކަނުންގެ 15 މެމްބަރުން ހިމެނެއެވެ.

މި ޕެކޭޖް ފާސްވުމުން ސީއެންއެން. އިން ފާހަގަ ކޮށްފައި ވަނީ މިއީ އެމެރިކާ ރައީސް ޖޯ ބައިޑަން އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކާމިޔާބެއްގެ ގޮތުގައެވެ. މި ނޫސް އެޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި މި ބިލް މިއަދުގެ ވަގުތެއްގައި ރައީސް ޖޯ ބައިޑަން ތަޞްދީޤު ކުރައްވާނެއެވެ. އެހީގެ މި ފައިސާ އެ ތިން ޤައުމަށް ދޭނެ ތާރީޚަކާއި، މިންވަރު އަދި ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް މި ފައިސާގެ ތެރެއިން ބޮޑު ބައެއް އިޒްރާއީލަށާއި، ޔުކުރެއިނަށް ދޭނެކަމުގެ އަޑުތައް ކުރިން ވަނީ އަރާފައެވެ.