ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވި މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް ސޮއިކޮށްފި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރަޝީދު އެ ގޮނޑި ކާމިޔާބު ކުރެއްވީ 722 ވޯޓު ހޯދައިގެންނެވެ. އޭނާއާ އެންމެ ގާތުން އެ ގޮނޑި އަށް ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލި އަހުމަދު އަޝްރަފް އެވެ. އޭނާ އަށް ލިބުނީ 653 ވޯޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ހަ މެމްބަރަކު މީގެކުރިން ވަނީ އެ ޕާޓީއަށް އަށް ސޮއިކުރައްވާފައިވެއެވެ.

އެހެންކަމުން ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 73 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 77 އަށް މިހާރު ވަނީ އަރާފައެވެ.