އިޒްރޭލުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އީތަމާރު ބިން ގުވައިރު ދަތުރުކުރި ކާރު އެކްސިޑެންޓުވެ އޭނާއަށް އަނިޔާ ވެއްޖެއެވެ. ރޭ ހިނގި މިޙާދިޘާގައި އޭނާގެ ކަނދުރާ އަށް ގެއްލުން ލިބިފައިވާ ކަމަށް ރެޕޯޓުކޮށްފައި ވެއެވެ. ވޯ މޮނިޓަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ އަންހެން ދަރިފުޅަކަށް ވެސް މި ޙާދިޘާގައި އަނިޔާވެފައި ވާކަމުގައެވެ.
މިޙާދިޘާ ހިނގަން މެދުވެރި ވީ އޭނާ އިން ކާރު ޓްރެފިކްލައިޓު ރަތްވެފައި ވަނިކޮށް ޤަވާޢިދާ ޚިލާފަށް ނުހުއްޓައި ދިއުމުގެ ސަބަބުންނެވެ. މި ދިޔަ ދިޔުމުގައި އެހެން ކާރެއްގައި ޖެހިގެން ހިނގި ޙާިޘާއެކެވެ. މިޙާދިޘާގެ ވީޑިއޯ ވެސް ވަނީ ވައިރަލް ވެފައެވެ. ވީޑިއޯ އިން ފެންނަގޮތުގައި އެކާރު ދުއްވާފައި ދަނިކޮން އެ ކާރުގެ ފަހަތުގައި ހުދުކުލައިގެ ކާރަކުން ޖެހި ބިން ގުވައިރު އިންކާރު ފުރޮޅި، ފްރޮޅުތައް ހުރީ މައްޗަށެވެ.
މި ޙާދިޘާ ހިނގުމާއެކު ވަގުތުން އޭނާގެ ބޮޑީގާޑުން ދުވެ ގޮސް ކާރުގެ ތެރެއިން ބިން ގުވައިރީ ނެރެފައި ވެއެވެ. އަދި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންގޮސްފައި ވެއެވެ.
އިޒްރޭލުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ގުވައިރީ އަކީ ނަތަންޔާހޫގެ ސަރުކާރުގެ ކަނާތު ފިޔައިގެ ވަރަށް ހަރުކަށި ވަޒީރެކެވެ. އޭނާ އަށް މީގެ ދެ ދުވަސް ކުރިން މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ވެސް ވަނީ ޙަމލާ ދިފައެވެ.