އިސްރާއީލުގެ ދިފާއީ ބާރުތަކުން ޣައްޒާގައި ހިންގި ޢުދުވާނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 51 މީހުން ޝަހީދުވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ރިޕޯޓުކޮފިއެވެ.

ޣައްޒާގެ ހެލްތުމިނިސްޓްރީއިން ބުނި ގޮތުގައި ޣައްޒާގައި ގިނަ ބަޔަކު މިހާރު ވަނީ ފުޑުފުޑުވެފައިވާ އިމާރާތްތަކުގެ ދަށުވެ ތާށިވެފައެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިޒްރޭލުގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި ޝަހީދުވި މީހުންގެ އަދަދު 34,356 އަށް އަރައިފި އެވެ. ޖުމްލަ 77,400 މީހުން ޒަޚަމްވެފައިވެއެވެ.