ގާދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލާމު އިންޓަގްރޭޓެޑް މެރިޓައިމް ހަބް ޕްރޮޖެކްޓްގެ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެވަޑައިގެންނެވި ވައުދުުފުޅާ އެއްގޮތަށް މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ދާދި ފަހުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯރްޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަސައްކަތުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް މި ޕްރޮޖެކްޓްގެ އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ދައްކުވައިދެއެވެ. ހާއްސަކޮށް ގައްދޫއަކީ ވެލާ ބިސްއަޅުމަށް މައްޝޫރު ސަރަހައްދަކަށް ވެފައިވާތީއެވެ،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް އެމްޕީއެލްއިން ވަނީ މި މަޝްރޫޢު ތިމާވެށީގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދީފައެވެ.

މި މަޝްރޫއުގެ ދަށުން އޮފްޝޯ ބަންކަރިންގެ ހިދުމަތާއި ކްރޫޒް ޓާމިނަލަކާއި ސުޕަ ޔޮޓް މެރީނާއަކާއި ގާދޫގައި އީކޯ ރިސޯޓަކާއި ރީޖަނަލް ފުޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޓްރާންސްޝިޕްމަންޓް ޕޯޓެއް ހެދުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަނޑުދަތުރުފަތުރުގެ ޚިދުމަތަށް ގާދޫގެ ސްޓްރެޓެޖިކް ލޮކޭޝަނަކީ މިފަދަ ތަރައްޤީއަށް ރަނގަޅު ލޮކޭޝަންއެއް ކަމަށް ވަނީ ބެލެވިފައެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫއުގެ ސަބަބުން ލ. އަތޮޅުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، ލޯކަލް ޓޫރިޒަމް ދާއިރާއަށް ދިރުން ލިބި، އާ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.