އއ. ތޮއްޑޫގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތައްޔާރީތަށް ވާން ފަށައިފިއެވެ.

މިގޮތުން އެރަށުގައި މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ސައިޓު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން އެ ސައިޓު އަޅަން ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ސެޕްޓެމްބަރު 2023 ގައި ރަސްމީކޮށް ފެށި މި މަޝްރޫއުގެ ބަޖެޓެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ޖުމްލަ 77،426،106.17 ރުފިޔާއެވެ. އެއީ 2.84 ކިލޯމީޓަރުގެ ފަސް މަގެއް ހެދުމަށެވެ. މަގު ތަރައްގީ ކުރުމުގެ ޕްލޭންގައި ތޫފާން ފެން ނެޓްވޯކާއި، ފެން ހިއްކުމުގެ ގަޓަރުތަކާއި، ޔުޓިލިޓީ ލައިން ޖަންކްޝަންތަކާއި، މަގުމަތީ ލައިޓްތަކާއި، ސްޕީޑް ބްރޭކަރާއި، މަގުމަތީގެ ނިޝާން ބޯޑުތައް ގާއިމްކުރުން ހިމެނެއެވެ.