ދިވެރާއްޖޭގެ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރާނަން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްތަރު އާދަމް ޝަރީފް ވިދާޅުވީ ލާ މަރުކަޒީ ގާނޫނު އިސްލާހު ކުރާއިރުގައި ރަށްރަށުގެ ކައުންސިލްތަށް ހިންގުން ފަސޭހަވާނެ ގޮތަކަށް އެގާނޫނު ބައްޓަން ކުރާނެ ކަމަށެވެ. އެކަމުގައި ކައުންސިލް ތަކުގެ އަދި ކައުނސިލަރުންނާއި އިދާރީ މުވައްޒަފުންގެ ކުރިމަތިވާ ގޮންޖެހުންތަށް ނައްތާލައްވާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް ތަކުގެ ބާރުވެރިކަން އިތުރުވާ ގޮތަކަށް އެ ގާނޫނު ސައްހަ ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މިކަމުގައި އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގައި ލޯކަލް ކައުންސިލް ތަކަށް މާލީގޮތުން މިނިވަންކަން ލިއްބައިދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.