ސީޖީޓީއެންގެ ޝޯ "ގްލޯބަލް ސައުތު ވޮއިސްސް" ގައި ޕާކިސްތާނުގެ ސެނެޓް ޑިފެންސް ކޮމިޓީގެ ޗެއާމަން ހޯސްޓް މުޝާހިދު ހުސައިން ސައީދު ވިދާޅުވި ގޮތުގައި ޗައިނާގެ އެސްއޯ އޯވާ ކެޕޭސިޓީއާ ބެހޭ ގޮތުން ބައެއް ގައުމުތަކުގައި، ހާއްސަކޮށް އެމެރިކާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް ފޯރި އެބަހުއްޓެވެ. މިޝޯގެ ހަތަރު ވަނަ އެޕިސޯޑުގައި "ޗައިނާ އޯވާ ކެޕޭސިޓީ" މި ވާހަކަ ދޮގުކޮށް، މެލޭޝިއާ، ޕާކިސްތާން، ޗައިނާ އަދި ނޯވޭގެ މެހެމާނުން ޝޯގައި ބައިވެރިވުމުން މިފަދަ ތުހުމަތުތަކުގެ ފަހަތުގައި ވާ ޕްރޮޓެކްޓިވް ވިސްނުން ހާމަވެގެން ދެ އެވެ.
ދާދި ފަހުން އެމެރިކާގެ ސިޔާސީ ފަރާތްތަކާއި މީޑިއާތަކުން ވަނީ ޗައިނާގައި "އޯވަކެޕޭސިޓީ" ގެ ވާދަވެރިކަމާއި ހާއްސަކޮށް އިލެކްޓްރިކް ވެހިކަލް (އީވީސް)، ލިތިއަމް-އަޔަން ބެޓެރީ އަދި ސޯލާ ޕެނަލް ފަދަ އާ ދާއިރާތަކުގައި ޗައިނާގެ އުފެއްދުންތައް ފުޅާކުރުމަށް ސަމާލުކަން ދީފަ އެވެ. މި ވާހަކައިން އެނގެނީ މި ސިނާއަތްތަކުގައި އެމީހުންގެ ވާދަވެރިކަމާ މެދު ހުޅަނގުގެ ކަންބޮޑުވުމުގެ ސަބަބުން ޗައިނާގެ ކުރިއަރަމުން އަންނަ ސިނާއަތްތަކަކީ އެ ސިނާއަތްތަކުގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން އޯވާ ކެޕޭސިޓީގެ ގޮތުގައި ލޭބަލް ކުރުމަށް މަގުފަހިވަމުންދާ ކަމެވެ.
ކަރާޗީގެ ހަބީބް ޔުނިވާސިޓީގެ އިކޮނޮމިކްސްގެ އެސޯސިއޭޓް ޕްރޮފެސަރު އަޤްދާސް އަފްޒަލް ފާހަގަކުރެއްވި ގޮތުގައި އެމެރިކާގައި "ޗައިނާ އޯވަކެޕޭސިޓީ" ފޮރި ފެތުރުމަށް މަގުފަހިވަނީ ޗައިނާގެ ކުރިއެރުމުގެ ބިރާއި އިންތިޚާބީ އަހަރު ވޯޓަށް އެދުމުގެ ސަބަބުންނެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ހުޅަނގުގެ ބައެއް ގައުމުތަކުގެ ކަންބޮޑުވުމެއް އެބައޮތް ޗައިނާގެ އިގްތިސާދީ ކުރިއެރުމާއި، އެކަމުގެ މާނަ ދެނެގަންނާނެ ގޮތަކާ މެދު. އަދި އަޅުގަނޑަށް ހީވަނީ ދެވަނަ ސަބަބަކީ ސިޔާސީ ސަބަބަކީ މިއީ އިންތިޚާބީ އަހަރަކަށްވާތީ... އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އެމެރިކާއާއި، އެމެރިކާގެ ދާޚިލީ ސިޔާސީ މައިދާނުން އަންނަ ސިޔާސަތުތަކުގެ ވާހަކަތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހިނގަމުންދާ ކަންތައްތައް ވަކިނުކުރެވޭނެ، ނުވަތަ ޑިކަޕްލް ނުކުރެވޭނެ."
ޖިއޮޕޮލިޓިކަލް ކަންބޮޑުވުންތަކުގެ ތެރެއިން ޗައިނާގެ ކުރިއެރުން ކަނޑުވާލުމަށް އެމެރިކާއިން ގިނަ ވަސީލަތްތައް ބޭނުންކުރާއިރު، ޗިޕްސް އެންޑް ސައިންސްގެ ގާނޫނަކީ އޭގެ ތެރެއިން އެއް ގާނޫނެވެ. ހާބަރ އޯވަސީސްގެ ބާނީ ޗެން ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ މާކެޓް ކޮމްޕެޓިޝަންގައި އެމެރިކާ ބައިވެރިވެ، ޗައިނާގެ ސަޕްލައި ޗެއިން ބޭނުންކޮށްގެން އެއްބާރުލުން ދީ، ޗައިނާގެ ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް ބަހަނާތައް ދެއްކުމުގެ ބަދަލުގައި ފެހި އިގްތިސާދަކަށް ދިއުމަށާއި ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށް ރަނގަޅު ގޮތެއް ހޯދައިދޭން ޖެހެ އެވެ. ޗައިނާއަށް އެއްބާރުލުން ދޭނެ އެކަށީގެންވާ ގޮތެއް އެމެރިކާއިން ހޯދައިފިނަމަ ވިން-ވިން ސިޗުއޭޝަނެއް ހާސިލްކުރެވިދާނެ ކަމަށާއި އެކަމުގެ ފައިދާ މުޅި ދުނިޔެއަށް ވެސް ކުރާނެ ކަމަށެވެ.
ސެންޓަ އޮފް ނިއު އިންކްލޫސިވް އޭޝިއާގެ ރައީސް ކޯހް ކިންގް ކީ ވަނީ ފެހި ޓެކްނޮލޮޖީ ތަރައްގީކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ވެފައި ނުވާ ސަރަހައްދުތަކަށް ހަގީގީ މަންފާތަކެއް ހޯދައިދިނުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ހަގީގަތުގައި މި ސިނާއަތްތަކުގައި މުޅި ދުނިޔެއަށް ޗައިނާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާގެ ކުރިއެރުމަކީ މުޅި ދުނިޔެއަށް ލިބުނު ފުރުސަތެކެވެ. "އަޅުގަނޑުމެންނަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ބައެއް، ޗައިނާއިން (އިތުރު) އަގުހެޔޮ މުދާ އުފެއްދުމަށް މަރުހަބާ ކިޔަން." އަދި ހަގީގަތުގައި މިހާރު ދުނިޔޭގައި އޮތް ހަގީގީ އޯވަ ކެޕޭސިޓީއަކީ އެމެރިކާގެ ދަރަންޏާއި އެމެރިކާގެ އަސްކަރިއްޔާ ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ. ފިނި ހަނގުރާމަ ނިމުނު ފަހުން ހަމައެކަނި ސުޕަޕަވަރަކީ އެމެރިކާ ކަމަށްވާތީ، ޗައިނާގެ އެކުވެރިންގެ ގޮތުގައި ކުރިއެރުން އެމެރިކާއަށް ޤަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް ޗައިނާގެ ކުރިއެރުމަކީ ހުއްޓުމެއް ނެތް ކުރިއެރުމެކެވެ. މިއީ އެމެރިކާއިން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
މީގެ އިތުރުން ނޯވޭގެ ޑިޕްލޮމެޓް އެރިކް ސޮލްހައިމް ވިދާޅުވީ، ޔޫރަޕުން ކޮންމެ ފިޔަވަޅެއްގައި ވެސް، ހާއްސަކޮށް ޗައިނާއާ ގުޅޭ ގޮތުން އެމެރިކާއަށް ކަނުކޮށް ތަބާވެގެން ނުވާނެ ކަމަށެވެ. ޔޫރަޕާއި ޗައިނާގައި އޮތް ހެޔޮ ވިސްނުމާއެކު އެކުގައި ރަނގަޅު ދުނިޔެއެއް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދޭނެ އެވެ. އަދި ގްރީން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގައި "އަގުތައް ތިރިކުރާ" ކަމަށް ބުނެ ޗައިނާއަށް ތައުރީފު ކުރެއްވި އެވެ.