މެދުއިރުމަތީގައި ބޮޑު ހަނގުރާމެއްގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ނަމަވެސް ޢަސްކަރީ ބާރުގެ ތިލަފަތް އޮތްގޮތެއް ވަޒަންކުރަން ދަތިކަމުގައި މުޙައްލިލުން ދެކެއެވެ. އެއީ އެންމެ ފަހުން އިރާނާއި، އިސްރާއިލާ ދެމެދު ބަދަލުކުރެވުނު ޙަމަލާތަކުގައި ދެޤައުމުން ވެސް ބުނަނީ އެ ޤައުމެއްގައި ހުރި ބާރުވެރިކަން އަދި ނު ދައްކާ ކަމުގައެވެ. ހަމަ އެވަގުތަށް ބޭނުންވި މިންވަރަށް ބާރުގެ ބޭނުން ކުރީ ކަމުގައެވެ. މި ދެ ޤައުމުގައި ހުރި ބާރުގެ އިތުރުން އެކުވެރިންގެ ބާރަކީ ވެސް އެއާ ގުޅުވަން ޖެހޭ އެއްޗެކެވެ.

އިސްރާއީލަކީ އަބަދު ވެސް އެމެރިކާ އާއި، ހުޅަނގުގެ އެހީތެރިކަމާއި، ބާރުވެރިކަމުގައި އޮންނަ ޤައުމެކެވެ. އަދި އެ ޤައުމުތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި، ބާރުވެރިކަން މިހާތަނަށް ވެސް ދައްކަމުން ގެންގޮސްފައި ވެއެވެ. އަދި ނިއުކުލިއަ ހަތިޔާރު ވެސް ހުންނާނެކަމުގެ ބިރު ދައްކަމުން ގެންދާ ޤައުމެކެވެ. މިހެންކަމުން އިސްރާއީލު ފަޅީގެ ބާރު މުޙައްލިލުން އަންދާޒާ ކުރެއެވެ. އެއާ ޚިލާފަށް އީރާނުގެ ބާރުވެރިކަން ވަޒަން ކުރަން ދަތިކަމުގައި ވެސް ދެކެއެވެ. އެއީ ހާމަކަން އޮންނަ ސިޔާސަތެއް ނު ގެންގުޅޭތީ އާއި، 1988 ގެ ފަހުން އެ ޤައުމުގެ ބާރުވެރިކަން ދައްކާފައި ނުވާތީއެވެ.

އީރާނު، 1980 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 1988 އޮގަސްޓާ ހަމައަށް ޢިރާޤާ އެކު ހަނގުރާމައެއް ކޮށްފައި ވެއެވެ. މި ހަނގުރާމައިގައި އެމެރިކާ އާއި، ހުޅަނގާއި، ގަލްފުގެ ޢަރަބި ޤައުމުތަކުން ޢިރާޤަށް ހުރިހާ ގޮތަކުން އެހީތެރިވަމުން ގޮސްފައި ވެއެވެ. އެ ދުވަސް ވަރުން ފެށިގެން އަމިއްލަ އަށް ހަތިޔާރު އުފެއްދުމާއި، ނިއުކުލިއަރ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ވެސް އީރާނު ކާމިޔާބު ހޯދާފައިވެއެވެ. ޑުރޯން އުފެއްދުމުގައި މުޅި ދުނިޔޭގައި މިހާރު ވެސް އެންމެ ކުރީގައި އުޅޭ އެއް ޤައުމެވެ. އަދި އޭގެ އިތުރުން މިސައިލާއި، އެހެނިހެން ހަތިޔާރު އުފެއްދުމުގައި ވެސް ކުރީގައި އުޅޭ ޤައުމެއް ވެސް މެއެވެ.

ހަތިޔާރާއި، އެހެނިހެން ގޮތްގޮތުން ވެސް ރަޝިޔާ އާއި، ޗައިނާ އިން އީރާނަށް މަދަދު ދޭނެ ކަމީ ޔަޤީން ވާ ކަމެކެވެ. އެއީ ރަޝީޔާ އަކީ ޔުކުރޭނާ އެކު ހަނގުރާމަ ކުރަމުންދާ ޤައުމެވެ. މި ހަނގުރާމަ ފެށެން ދިމާ ވީ ވެސް އެމެރިކާ އާއި، ހުޅަނގުގެ ޢަމަލުތައް ހުރިގޮތުން ނެވެ. ނޭޓޯގެ ޤައުކަށް ޔުކްރެއިން ހެދުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުންނެވެ. އަދި ރަޝިޔާގެ ސަރަޙައްދާއި ކައިރީގައި ނޭޓޯގެ ބަރު ހަތިޔާރާއި، މިސައިލްތައް ރުކުރުވަލާނެކަމުގެ އިންޒާރާ އެކު ވެސްމެއެވެ.

އެ ޤައުމަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައި ވާތީއެވެ. މިހެން ވުމުން ރަޝިޔާ އިން ފރުސަތުގެ ބޭނުން ހިފާނެއެވެ. އެމެރިކާ އާއި، ހުޅަނގާ އިދިކޮޅަށް ކުޅެން ޖެހޭ ކޮންމެ ކުޅިއެއް ވެސް ކުޅޭނޭ ކަމުގައި ބެލެވެއެވެ. ހަމަ އެގޮތަށް ޗައިނާ އަށް ވެސް ނުރައްކާ ކުރިމަތި ކުރަނީ ހަމަ އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުންނެވެ. އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ފިލިޕީންސުގެ ސަރަޙައްދުގައި ކުރާ ޖެއްސުމެވެ. ތައިވާނުގެ މައްސަލައިގައި އެވެ. މީގެ އިތުރުން ރަޝިޔާ އާއި، ޗައިނާ އަކީ އަބަދު ވެސް އީރާނާ އެކު ގާތްގުޅުން އޮންނަ ދެ ޤައުމެވެ. މިހެން ކަމުން ޗައިނާ އާއި، ރަޝިޔާ އިން އެމެރިކާ އަށް ފިލާޅެއް ދޭން ބޭނުންވާނެއެވެ. ފުރުސަތަކަށް ތައްޔާރު ވެގެން ތިބޭމެއެވެ. އެ ބޭނުމުގައި ވެސް އީރާނާ އެކު ހަނގުރާމައި ގައި އަތާ އަތް ގުޅާލުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.

މި ގޮތަށް ދުނިޔޭގެ މަސްރަޙު ވަނީ ބަދަލުވެފައެވެ. އީރާނުން ބުނަނީ އިސްރާއީލުގެ ޙަމަލާ އެއް ދެން އެ ޤައުމަށް ކުރިމަތި ވެއްޖެ ނަމަ ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ރައްދެއް ދޭނެކަމުގައެވެ. އެއީ މިދިޔަ ހަފްތާ ބަންދުގައި ދިން ފުރަތަމަ ރައްދު ޙަމަލާ އަށްވުރެ މާ ވަރުގަދަ ޙަމަލާއަކަށް ވާނޭ ކަމުގައެވެ. އެ ޙަމަލާގައި އެ ޤައުމުން ބޭނުން ކޮށްފައި ވަނީ ޢިރާޤާ އެކު ހަނގުރާމަ ކުރި އިރު ބޭނުން ކުރެވުނު، މިންވަރުގެ ހަތިޔާރު ކަމުގައެވެ. ޒަމާނީ މި ފަހުގެ ލޭޒާ ހަތިޔާރު ފަދަ ފަހުގެ ޑުރޯން ފަދަ ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްފައި ނުވާކަމުގައެވ

އިސްރާއީލަށް ދިން ޙަމަލާ އަކީ ހަމަ އެކަނި އެ ޤައުގެ ޢަސްކަރީ ތަންތަނަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމުގައެވެ. އެ ޙަމަލާގައި އިސްރާއީލުގެ އިޤްތިޞާދަށް ވެސް ނުރައްކާ ނުވާނޭ ފައިދައިން ދީފައިވާ ޙަމަލާ އެއް ނޫން ކަމުގައެވެ. އަދި އެ ޙަމަލާގެ މަޢުލޫމާތު އެމެރިކާ އާ ވެސް ކުރިން ޙިއްޞާ ކޮށްފައިވާނޭ ކަމުގައެވެ. އެހެން ނަމަވެސް ދެން އިސްރާއީލުން ދޭ ޙަމަލާގެ ރައްދުގައި ދޭނީ ވަރުގަދަ ޙަމަލާއެއް ކަމުގައެވެ. ޚިޔާލަށް ވެސް ނުގެނެވޭ ވަރުގެ ޙަމަލާ އެއް ކަމަށާއި، އެ ޙަމާލާ އަކީ އިސްރާއީލު ދުނިޔޭ ޗާޓުން ފުހެވޭ ވަރުގެ ޙަމަލާ އެއް ކަމުގައި ވާނެކަމަށެވެ.

އީރާނާއި، އިސްރާއީލުގެ ހަމަ ނު ޖެހުމުގައި އަބަދު ވެސް އީރާނުން ބޭނުންކުރާ ޖުމްލައެއް އޮވެއެވެ. އެއީ "މެދު އިރުމަތީގެ ޗާޓުންނާއި، ދުނިޔޭގެ ޗާޓޫން އިސްރާއީލް ފުހެލާނަން" މި ޢިބާރާތެވެ. މި ޢިބާރާތް އިރާނުން ބޭނުން ކުރާ ކޮށްމެ ފަހަރަކު ވެސް އިސްރާއީލުން ވަރަށް ކަންބޮޑުވެ ހާސްވެގެން އުޅެއެވެ. އެ ޤައުމުގެ މަދަދުގާރުންގެ އެހީ އެކު އަދި ވަކިން އެޤައުމުން ވެސް ޙަމަލާ ދިނުމުގެ ވާހަކަ ދައްކައެވެ. އަދި އީރާނުގެ ނިއުކުލިރަ ޕްރޮގްރާމުގެ ވާހަކަ ފަށައެވެ. އދ. ގެ ތެރެއިން އެކަމާ މެދު ފިޔަވަޅު އަޅުވަން މަސައްކަތް ކުރެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅުވާފައި ވެއެވެ. މިހެން ކަމުން އީރާނުގެ ރައްދު ޙަމަލާ އަށް ފަހު އީރާނަށް ބޮޑެތި ކަނތައްތަކެއް ކުރުވުމަށް މަސައްކަތް ކުރާނޭ ކަމުގައި މުޙައްލިލުން ވިދާޅުވެއވެ. އަދި އީރާނުން ވެސް ޤަބޫލުކުރާ ކަމުގައއި ވެއެވެ.

ވުމާ އެކު އީރާނާއި، އިސްރާއީލުގެ މެދުގައި އިތުރު ހަމަލާތަކެއް ފެށުނަ ނުދިނުމަށް ވެސް މަސައްކަތް ކުރެވޭނެއެވެ. އަދި ޙަމަލާއެއް ދީފި ނަމަ އެއީ މުޅި ދުނިޔެއަށް ވެސް ހުރި ނުރައްކަލަކަށް ވާނެއެވެ. މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅުން ތަކުރާރުކޮށް ބުނަމުން ގެންދަނީ މިއީ އާދައިގެ ހަނގުރާމައަކަށް ނުވާނޭ ކަމުގައެވެ. އަދި އެހެން ވެއްޖެ ނަމަ ވެގެންދިޔުމަށް އެންމެ ގާތީ އެއީ "ތިން ވަނަ ބޮޑު ހަނގުރާމަ" އައިގެ ފެށުން ކަމުގައެވެ.