ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަ ކުރައްވައިފިއެވެ.

އެއިދާރާއިން ވިދާޅުވީ މި ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުގެ ވިއްސާރަކަމަށެވެ.

ރާއްޖޭގެ 4 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ހިސާބުތަކަށް ރީނދޫ ސަމާލުވެސް މިހާރު ވަނީ ނެރެފައެވެ. އެގޮތުން މިއަދު 17:15 އިން ފެޝިގެން 21:30 އާހަމައަށް ހއ އަތޮޅުން ވ އަތޮޅާހަމައަށް ރީނދޫ ސަމާލުނެރެފައިވާއިރު 18:30 އިން ފެށިގެން 22:30 އާ ހަމައަށް ގއ އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. މިވަތުތުތަކުގައި ގުގުރާ ވިދުމާކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެެއެވެ.

މި ކުރަމުންދާ ވިއްސާރަ އިތުރު 3 ދުވަހަށް ދެމިގެން ހިންގައިދާނެކަމަށާއި ކަނޑުތައްވެސް ކުރިއަށް އޮތް 24 ގަޑިއިރު ކޮންމެވެސް ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މިއަދު ހަވީރުން ފަށައިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފައިވެސްވެއެވެ.