ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހުގެ ތިން ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހުން ޝަހީދުވެއްޖެއެވެ.

މި ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ޣައްޒާގައި ހަރަކާތްތެރި ވަމުން އަންނަ މެޑިކްސް އިން ބުނެފައިވެއެވެ. މީގެއިތުރުން އިޒްރޭލުން ވަނީ ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ސިޓީގައި މަތިންދާބޯޓުތަކުން ދެ ގެއަކަށް ބޮން އަޅައި ގޮއްވާލާފައެވެ. މި ހަމަލާގައި އިތުރު ހަތަރު މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިޒްރޭލުން ވަނީ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ނައްތާލުމަށް ވައުދުވެފަ އެވެ. މި ހަނގުރާމައިގައި 13،000 އަށް ވުރެގިނަ ކުޑަކުދިން އިޒްރޭލުން ގަތުލު ކޮށްފައިވާއިރު، ގިނަ ބަަޔަކު ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ ބަޑުހައިހޫނުކަންމަތީ ޝަހީދުވެގެން ގޮސްފައެވެ.