އދ. މަހިބަދޫގައި ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމައްޓަކައި ސްޓެލްކޯއިން އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމްކޮށްފިއެވެ.

މަހިބަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމައްޓަކައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއްގެ އިތުރުން މަހިބަދޫގެ ކަރަންޓުގެ ވިއުގަ ލޯ-ވޯލްޓޭޖް ނެޓްވޯކަކުން މިވަނީ މީޑިއަމް ވޯލްޓޭޖް ނެޓްވޯކަކަށް ބަދަލު ކުރެވިފައެވެ. މިއީ އދ. އޮތޮޅުގައި ސްޓެލޮކޯގެ ހިދުމަތުގެ ދަށުން މީޑިއަމް ވޮލްޓޭޭޖް ވިއުގަ ގާއިމު ކުރެވުނު ފުރަތަމަ ރަށެވެ. މަހިބަދޫގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލު ކުރެވި އެކަމުގެ ފަސޭހަތައް މަހިބަދޫގެ ރައްޔިތުންނަށް މިހާރު ދަނީ ލިބެމުންނެވެ.