އެރިޒޯނާގެ އޭބީސީ 15 ގެ ނޫސްވެރިއަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ވާގޮތުން އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއްގައި ބައިވެރިވި އަންހެނެއްގެ ހިޖާބު އެރިޒޯނާގެ ފުލުހުން ވަނީ ގަދަކަމުން ނަގައިފައެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް) އިން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުންގެ ހިޖާބު ގަދަކަމުން ނެގި ކަމަށް ބުނާ ފުލުހުންގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

"އެމެރިކާގެ ފުރަތަމަ އެމެންޑްމެންޓްއިން ދީނުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. ފުލުހުންނަށް މި ހައްގު ސަސްޕެންޑް ނުކުރެވޭނެ،" ސީއޭއައިއާރުގެ އެރިޒޯނާ ޗެޕްޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު އައްޒާ އެބިއުސިފް ވިދާޅުވިއެވެ.