ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި އަމާޒުތައް ހާސިލްކުރުން ކަމަށާއި އެއީ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެެވެ.

އިއްޔެ ސައުދީ އަރަބިއާގައި ބޭއްވި "ވޯލްޑް އިކޮނޮމިކް ފޯރަމް" މިނިސްޓަރު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި އިންވެސްޓަރުންގެ މުހިންމުކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

"ދެމެހެއްޓެނިވި ތަރައްގީއަކީ ރާއްޖެ ފަދަ ގުދުރަތީ ނާޒުކު ގައުމުތަކުގެ ޕޯސްޓު ކާޑު ފަހަށް ރައްކާކުރުމުގެ ބަދަލުގައި ތަރައްގީ ކުރާނެ ފިކުރާއި ފައިސާ އަދި ޓެކްނޮލޮޖީ ގެނެސް އެކަން ކުރެވޭނެ ފަރާތްތަކުން ފަސްނުޖެހި އިންވެސްޓް ކުރުން،" ފޯރަމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރު ސައީދު ވިދާޅުވީ ނުހުއްޓި މަޝްވަރާތައް ކުރުމުގެ ބަދަލުގައި ކަނޑުގެ އިޤްތިޞާދުގައި އިންވެސްޓްކުރުމަށް އިސްކަންދިނުމަށް ވަކާލާތުކުރާކަމަށާއި މިހާރު ފިޔަވަޅު އަޅަންވީ ވަގުތު ޖެހިއްޖެކަމަށެވެ.