ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރަވާޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށެވެ.
މިއީ ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެގޮތުން އެންމެފަހުން ކުރެއްވި ދަތުރުފުޅަކީ މި އަހަރުގެ މާޗު މަހުގައި ކުރެއްވި ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި އެ ދެކަނބަލުން ވަނީ އެ ގައުމުގައި ތިން ދުވަސް ހޭދަކުރައްވާފައެވެ.