ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ސައުދީ އެކްޒިމްގެ ސީއީއޯ ސާދު އަލް ހަލްބްއާއި ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު ޝަފީގް ސާދު އަލް ހަލްބްއާއި ބައްދަލު ކުރެއްވީ މިއަހަރުގެ އައިއެސްޑީބީ އަހަރީ ބައްދަލު ވުމަށް ސައުދީއަށް ވަޑައިގަތް ދަތުރުފުޅުގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދެފަރާތުގެ ގުޅުން ބަދަހިކޮށް އެއްކޮށް މަސައްކަތް ބައްޓަން ކުރުމާއި މެދުގައެވެ.