ހުދު އައްޓަމަހަކީ ހިމަދިގުކޮށް އަޅިކުލައިގައި ހުންނަ މަހަކެވެ. މިއީ ރާއްޖޭގެ ބޭރުކަނޑުތަކުގައި އުޅޭ އައްޓަމަހުގެ ބާވަތެކެވެ. މިބާވަތުގެ އައްޓަމަސް އެތެރެވަރިއަށާއި އަތޮޅު ކައިރިއަށް އައިސް އުޅެއެވެ. މިއީ އައްޓަމަހުގެ ބާވަތްތަކުން ރާއްޖޭގައި ރެކޯޑް ކުރެވުނު ފުރަތަމަ ބާވަތެވެ. ރާއްޖޭގައި ހުދު އައްޓަމަހެއް ހިފާފައިވާ ކަމަށް ފުރަތަމަ ރެކޯޑް ކުރެވިފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 26 ވަނަ ދުވަހު ހިފުނުނު މަޑިއަކުންނެވެ. މިއީ ދިވެހިން ކައި އުޅޭ މަހެއް ނޫނެވެ. ހުދު އައްޓަމަސް ގިނައިން އުޅެނީ އެންމަޑީގެ އަނގަދޮށުގައި ތަތްކޮށްލައިގެން އެއާއެކުއެވެ. އެހެނިހެން އައްޓަމެހެކޭ އެއްގޮތަށް ހުދު އައްޓަމަހުގެ ބޮލުގައި މަތީބައިގައި ކުކުޅުބިސް ބުރަށް ހުންނަ "ތަށްޓެއް" ހުރެއެވެ. މިއީ އެސޮރު އެހެނިހެން އެއްޗެހީގައި ތަތްކުރަން ބޭނުންކުރާ ތަށްޓެވެ.

ހުދު އައްޓަމަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 17 އާއި 22 ދެމެދު އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު 21 އާއި 26 ދެމެދު އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 18 އާއި 21 ދެމެދު އަދަދަކަށް މަޑުކަށި ހުރެއެވެ. ހުދު އައްޓަމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.

މައުލޫމާތު: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިއުއުޓް، ފިޝަސް އޮފް މޯލްޑިވްސް