ދުނިޔޭގެ ޤައުތަކުގެ ޖަމްޢިއްޔާ (އދ) ގެ ސަލާމަތީ މަޖިލީހުގައި ދެ ވޭ އެއްމެ ވޯޓަކުން ޤައުމުތަކުގެ ޙައްޤު ގެއްލުވައިލައިގެން ނުވާނެ ކަމަށް ރާއްޖެއިން ގޮވައިލައިފިއެވެ. މި ގޮތަށް ރާއްޖެއިން ގޮވައިލީ އދ ގެ ޢާއްމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައެވެ. މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރުއްވަނީ ރާއްޖޭގެ ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރެވެ. އޭނާ ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގައި އެއްމެ ޤައުމަކުން ދޭ ވޯޓު ނުވަތަ ވީޓޯގެ ބާރު ބޭނުން ކޮށް ޤަރާރުތައް ބޭރުކޮށްލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ އދ ގެ އެއްމެ ބާރުގަދަ ގުނަވަނެވެ. މި މަޖިލީހުން ނިންމާ ކަންކަމަކީ ތަންފީޒު ކުރުމާއި، ތަންފީ ނު ކުރުން އެ މައްޗަށް ބިނާވެފައި އޮންނަ ގުނަވަނެވެ. އދ ގެ 193 މެމްބަރުން ތިބޭ މަޖިލީހަށް ކިޔަނީ ޖެނަރަލް އެސެމްބްލީ ނުވަތަ ޢާއްމު މަޖިލީހެވެ. މި މަޖިލީހުގެ އަޣުލަބިއްޔަތުން ނުވަތަ އިއްތިފާޤުން މައްސަލައެއް ވަކި ގޮތަކަށް ފާސްކުރި ނަމަވެސް އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި އެ ކަމެއް ވީޓޯ ކުރމުގެ ބާރު ލިބިފައިވާ ޤައުމަކުން އިދިކޮޅަށް ވޯޓް ދީފި ނަމަ އެ މައްސަލަ އެއް ބާޠިލް ވެއެވެ. ނުވަތަ ޢަމަލުކުރުމަށް ލާޒިމް ނުކުރެއެވެ.

ސަލާމަތީ މަޖިލިސް އެކުލެވިގެން ވަނީ އެއްމެ 15 މެމްބަރުންގެ މައްޗަށެވެ. އެއީ ދައިމީ 5 މެމްބަރުންނާއި، ދާއިމީ ނުން 10 މެމްބަރުންނެވެ. މި މެމްބަރުންގެ ތެރެއިން ވީޓޯގެ ބާރު އޮންނަނީ ދާއިމީ މެމްބަރ 5 ޤައުމަށެވެ. އެއީ އެމެރިކާ އާއި، ރަޝިޔަން ފެޑަރޭޝަން އާއި، ޗައިނާ އާއި، އިންގިރޭސިވިލާތާއި، ފްރާންސެވެ.

ރާއްޖެ އިން އދ ގައި ވީޓޯ އާ ދެކޮޅަށް ވަކާލާތު މި ކުރެވުނީ ހުސްވި މަހު 18 ގައި ބޭއްވުނު ސަލާމަތީ މަޖިލީހުގެ ޖަލްސާ ގައި ހުށަހެޅުނު ފަލަޞްޠީނުގެ މައްސަލަ އެމެރިކާ އިން ވީޓޯކުރި ކުރުމާ ގުޅިގެންނެވެ. ފަޞްޠީންނަށް މިނިވަން، ދާއިމީ ޤައުމެއްގެ ދަރަޖަ ދިނުމަށް ޢާއްމު މަޖިލީހުގައި ނެގުނު ވޯޓުގައި ފާސްކުރެވުނެވެ. ބިޔަ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފައި ވަނިކޮށް އެ މައްސަލަ ސަލާމަތީ މަޖިލީހު ގައި އެމެރިކާ އިން އެކަނި ވީޓޯގެ ބާރު ބޭނުން ކޮށް އެމައްސަލަ ވަނީ ބޭރުކޮށްފައެވެ.

މިނިސްޓަރު ޙައިދަރު ވިދާޅުވީ ފަލަޞްޠީނުގެ ބިންތަކުގައި އިޒްރޭލުން ކޮންމެ ދުވަހަކު ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތައް ދުނިޔޭގެ ތާރީޚުގައި އެތެއް އަހަރެއް ކުރިން ފެށިގެން ލިޔެވެމުން ދަ ކަމުގައެވެ. އަދި އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ ޢިމާރާތްތަކުގެ ދަށުން މަރުވެފައިވާ ހަށިގަނޑުތައްނަގާ ކަމުގައެވެ. އެ ހަށިތައް ނަގަނީ އެ ޢާއިލާގެ ކުދިންނާ އެކުގައި ކަމަށސެވެ. އެ ކުދިންގެ މައިންބަފައިންނާއި، ޢާއިލާގެ މެމްބަރުން ސަލާމަތްކުރުމަށް ތުއްތު ކުދިން އަމިއްލަ އަތުން ކޮނެ ނަގާ މަންޒަރު ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަން ފާހަގަކުރެއްވި އެވެ.