ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

އެ ދެކަނބަލުން ރާއްޖެވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރަވާޑައިގެންނެވީ މިމަހު 1 ވަނަ ދުވަހުއެވެ. އަދި އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށްވެސް އެ އޮފީހުން ހާމަކުރެއްވިއެވެ.

މިއީ ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އެގޮތުން އެންމެފަހުން ކުރެއްވި ދަތުރުފުޅަކީ މި އަހަރުގެ މާޗު މަހުގައި ކުރެއްވި ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި އެ ދެކަނބަލުން ވަނީ އެ ގައުމުގައި ތިން ދުވަސް ހޭދަކުރައްވާފައެވެ.