ޣައްޒާގެ ދެކުނު ސަރަހައްދުގައި އިޒްރޭލު ރޯކުރި އަލިފާންގަޑެއްގެ ސަބަބުން 19 ފަލަސްތީނުން ޝަހީދުވެއްޖެއެވެ.

އިޒްރޭލުން ހިންގާ ގަތުލު އާާންމުގައި މިހާރު ޝަހީދުވި މީހުންގެ އަދަދު 34،000 އަށް އަރާފިއެެވެ. އިޒްރޭލު ދެމުންދާ ހަމަލާތަކުގެ ރައްދުގައި ހަމާސްއިން ވަނީ ރޮކެޓެއް މެދުވެރިކޮށް އިޒްރޭލު ތިން ސިފައިން މަރާލާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ދެކުނުގެ ރަފާހުން 10 ޕްރޮޖެކްޓައިލް ފޮނުވާލާފައިވާ ކަމަށެވެ.

ހަމާސްއިން އިޒްރޭލަށް ހަމަލާދިންތާ މާ ގިނަ އިރެއްނުވެ އިޒްރޭލުން ވަނީ ރަފާހުގެ ގެއަކަށް ހަމަލާދީ ތިން ފަލަސްތީނުން ޝަހީދުކޮށްލާފައެވެ. މި ހަމަލާގައި ޝަހީދުވި ތިން މީހުންގެ އިތުރުން އެތަށް ބަޔަކަށް ވަނީ ޒަހަމް ތަކެއް ލިބިފައެވެ. އިޒްރޭލުން ބުނަމުންދާ ގޮތުގައި ހަމާސްއިން ދަްނީ ފަލަސްތީނުގެ ރައްޔިތުން މި ހަނގުރާމައިގައި އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. ނަމަވެސް ހަމާސްއިން މިކަން ވަނީ އެތަށް ފަހަރެއްގެ މަތިން އިންކާރު ކޮށްފައެވެ. އަދި ހަމާސް އިން ފަލަސްތީނުގެ ރައްޔިތުން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރާކަމުގެ އެއްވެސް މިހާތަނަށް ލިބިފައެއް ނުވެްއެވެ. ދުނިޔޭގައި މުސްލިމުންނަށް ނަފްރަތު ކޮށް އިޒްރޭލަށް ތާއިދު ކުރަމުންދާ ބޮޑެތި ނޫސް އޭޖެންސީ ތަކަށް ވެސް ހަމާސް އިން ފަލަސްތީނުގެ ރައްޔިތުން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ދާކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.