ޣައްޒާގެ ރަފަޙަ ސިޓީގެ ރައްޔިތުން އެ ސިޓީ ދޫކޮށް ދިޔުމަށް އިޒްރޭލުން އަންގައިފިއެވެ. މި އަމުރު އައިސްފައި ވަނީ މިއަދު އިޒްރޭލުގެ މަތިންދާ ބޯޓުތަކުން އެސިޓީގެ މަތިން އެޅި ލިޔުންތަކެއްގައެވެ. ރަފަޙަ އަކީ ރައްކާތެރިކަން ހޯދުމަށް ޣައްޒާގެ އެހެނިހެން ސަރަޙާއްދު ތަކުން ރައްޔިތުން ޖަމާވެފައިވާ ސަރަޙައްދެވެ. މި ސަރަޙައްދަށް ޣައްޒާގެ ރައްޔިތުން ޖަމާ ވީ އިޒްރޭލުން އަމުރުކޮށް އެހެނިހެން ސަރަޙައްދުތަކަށް ބޮންއަޅައި، އެއްގަމު މަގުން ސިފައިން އަރައި ރައްޔިތުން ދިރިއުޅުނު ތަންތަން ސުންނާފަތި ކުރަން ފެށުމުންނެވެ.
މި އަދު ހެނދުނުގެ ވަގުތެއްގައި އެ ލިޔުންތައް އެޅުމާ ގުޅިގެން އެ ސަރަޙާއްދު ދޫކޮށް ދާން ފެށިއެވެ. މިކަން ދުނިޔޭގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. ފަލަޞްޠީނުގެ ޣައްޒާއަށް މީގެ ހަތްމަސްކުރިން ފެށިގެން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޢައްޒާގައި ދިރިއުޅޭ 1.5 މިލިއަން މީހުން ވަނީ ރަފަޙަ ސަރަޙައްދަށް ޖަމާވެފައެވެ. މި ސަރަޙައްދަށް ރައްކާތެރިކަން ހޯދުމަށް މީހުން ދިޔައީ ރަފަޙަ ސަރަޙައްދަށް ދިޔުމަށް އިޒްރޭލުން އަމުރުކުރުމުން ނެވެ. އެ ސަރަޙައްދު ފިޔަވައި ޣައްޒާގައި އެހެން އެއްވެސް ސަރަޙައްދަކީ އަމާން ސަރަޙައްދަކަށް ނުވާނެކަމަށް އިޒްރޭލުގެ ސަރުކާރުން އެންގުމާ ގުޅިގެންނެވެ.