އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން، 23 ވަނަ ގާލްގައިޑް ކޭމްޕުގެ ދަރިވަރުންނަށް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އައުޓްޑޯރ ޗެލެންޖެއް ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ ހަވަނަ ދުވަހު، ދެ ދެންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އައުޓްޑޯރ ޗެލެންޖުގައި ރާއްޖޭގެ އެކި ސްކޫލުތަކުން 302 ކުދިން ވަނީ ބައިވެރިވެފައިކަމަށެވެ.

އަދިތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ވާދަވެރި ރޫހެއްގައި ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ހުނަރުތައް އެކްސަސައިޒް ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މި އައުޓްޑޯރ ޗެލެންޖުގައި 8 އޮބްސްޓެކަލް ކޯހެއްވެސް ވަނީ ކުރިއަށްގެންގޮސްފައި ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އޭގެތެރޭގައި

  • ލޯ ރެއިލިންގ
  • ޒިގްޒެގް ބެލެންސް
  • ޓަރޓަން ސްވިންގ
  • ރިވަރ ކްރޮސް
  • ޓަނަލް
  • 6 ފީޓް ވޯލް
  • ޓަޔަރ ހޮޕިންގ
  • އަދި ލޮގް ކެރީ ހިމެނެއެވެ.

ޖުމްލަ 12 ގްރޫޕަކަށް ބަހާލައިގެން އައުޓްޑޯރ ޗެލެންޖު ކުރިއަށްގެންދިޔައިރު ޗެލެންޖުގެ ފުރަތަމަ ދަންފަޅީގައި 169 ދަރިވަރުން، އަދި ޗެލެންޖުގެ ދެވަނަ ދަންފަޅީގައި 133 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޗެލެންޖު ކުރިއަށްދިޔައިރު އެމްއެންޑީއެފްގެ ފަރާތުން 19 ސިފައިން ވަނީ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށްވެސް އެންއެންޑިއެފުން ބުންޏެވެ.