ލޯނެއްގެ މަތިން ގަލަޓަސަރާއީއަށް ކުޅެމުން އަންނަ ހަކީމް ޒިޔެޗް ދާއިމީ ގޮތެއްގައި ސޮއި ކުރުމަށް ގަލަޓަސަރާއީ ނިންމައިފިއެވެ.

އިތުބާރު ހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އާއްމު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ހާމަކުރި ގޮތުގައި މި ސީޒަން ނިމުމުން ގަލަޓަސަރާއީގައި ޒިޔެޗް މަޑުކުރާނެ ކަމަށާއި އޭނާ އެނބުރި ޗެލްސީއަށް ނުދާނެ ކަމަށެވެ. ފަބްރީޒިއޯ ހާމަކުރި ގޮތުގައި ޒިޔެޗް ގަތުމަށް ޗެލްސީ އާއި ގަލަޓަސަރާއީ ވަނީ އެއްބަސްވުމަކަށް ވާސިލުވެފައެވެ.

2020 ވަނަ އަހަރު އަޔަކްސްއިން 35 މިލިއަން ޑޮލަރުގެ އަގަކަށް ޗެލްސީއާ ގުޅުނު ޒިޔެޗް ވަނީ މިދިޔަ އަހަރު ޕީއެސްޖީއަށް ސޮއިކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތުގައި އެ ޓްރާންސްފާ ފުރިހަމަ ނުވުމާއެކު އޭނާ ވަނީ ލޯނެއްގެ މަތިން ގަލަޓަސަރާއީއާ ގުޅިފައެވެ.

މޮރޮކޯއަށް އުފަން, 36 އަހަރުގެ ޒިޔެޗް އަންނަނީ ތުރުކީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ގަލަޓަސަރާއީއަށް 21 މެޗު ކުޅެދީ 8 ލަނޑު ކާމިޔާބު ކޮށްފައެވެ.