މިވަގުތު ރާއްޖޭގައި ހުރި މިސްކިތްތަކުގެ މަރާމާތަށް ޖުމްލަ 200 މިލިއަން ރުފިޔާ ބޭނުންވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް 19 މިލިއަން ރުފިޔާ ވަނީ މިސްކިތްތަކުގެ މަރާމާތް ކުރުމަށް ހޭދަކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީގެއިތުރަށް ޝަހީމް ވިދާޅުވީ ރާއްޖޭގައި 700 އެއްހާ މިސްކިތް އެބަހުރި ކަމަށާއި އެހެންކަމުން ކުރެވޭ މިންވަރުން މަސައްކަތް ކުރެވެމުން އެބަދާ ކަމަށެވެ.

އަދި މި ފައިސާ ވަގުތުން އެއްފަހަރާ ހަމަނުޖެހުނުކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި މާލެއާއި އަތޮޅުތަކުގައި ހުރި މިސްކިތްތައް މަރާމުކުރެވިގެން ދާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައިއެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ ރައީސުލްޖޫމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދާއި ރަށްރަށުގައި ހުރި މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށެވެ.

އަދި ސަރުކާރާއި ހަވާލުވިއިރުގައި 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ހުރި ނުދައްކާ، އެ ހުރިހާ ފައިސާއެއް މިހާރު ވަނީ ހަލާސްކުރެވިފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިދިޔަ ސަރުކާރުގެ ވެރިކަން ނިމުނު އިރުވެސް އެކި ސަބަބުތަކާއި ހުރެ ވަނީ މިސްކިތްތައް ބިނާ ކުރުމަށާއި މިސްކިތްތަކުގެ މަރާމާތައް ހަރަދުވި ފައިސާ ނުދައްކާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ކިތަންމެ ދަށަށް ގޮސްފައި ވީނަމަވެސް މި ފައިސާ މިހާރު ވަނީ އަނބުރާ ދައްކާފައި ކަމަށްވެސް ޝަހީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.