އެމެރިކާއިން އިޒްރޭލަށް ސަޕްލައި ކުރަމުންދާ ހަތިޔާރުތަށް ރަފާހަށް ހަމަލާދިނުމުގައި ބޭނުން ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ގޮވާލައިފިއެވެ.
ޖޯ ބައިޑެން އެންމެ ފުރަތަމަ ފަހަރަށް އިޒްރޭލުން ރަފާހަށް ހަމަލާ ނުދިނުމަށް އަމުރު ކޮށްފިއެވެ.
ބައިޑެން ވިދާޅުވީ ރަފާހަށް އިޒްރޭލުން ހަމަލާދީފި ނަމަ އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން ހުއްޓާލާނެ ކަމަށެވެ. ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާއިން ސަޕްލައި ކުރާ އެއްވެސް ހަތިޔާރެއް ރަފާހަށް ހަމަަލާދިނުމަށް ބޭނުން ކޮށްގެނެށް ނުވާނެއެވެ.
މީގެއިތުރުން ބައިޑެން ވިދާޅުވީ އެމެރިކާއިން ސަޕްލައި ކޮށްފައި ހުރި ގޮވާޒާތުގެ ހަތިޔާރު ބޭނުންކޮށްގެން އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދާ ކަމަށެވެ. އަދި މިހާރުއެމެރިކާއިން އިޒްރޭލަށް ސަޕްލައި ކުރަން ހަމަޖެހިފައިވާ ހަތިޔާރުތަށް އެމެރިކާއިން ވަނީ ލަސްކޮށްލާފައެވެ.