މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާ ކުރުމަށް، 20000 މުސްޙަފް އިސްލާމިކް އެފެއާޒު މިނިސްޓްރީ އިން އެޑިޔުކޭޝަން މިނިސްޓްރީއާ ޙާވާލު ކުރައްވައިފިއެވެ.

މި މުޞްޙަފްތައް މިއަދު އެޑިއުކޭޝަން މިނިސްޓްރީއާ ޙަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުޞްޙަފުތަކާ ޙަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މި މުޞްޙަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީން ހަދިޔާކުރެއްވި މުޞްޙަފުތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުޞްޙަފު ހަދިޔާކުރަމުންނެވެ. މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުޞްހަފު ލިބިލައްވާނެކަމުގައި މިނސްޓްރީން މަޢުލޫމާތުދެއްވިއެވެ.