ޣައްޒާގެ ރަފަޙަ އަށް ވަންނަން އިޒްރޭލުން ކުރަމުން ގެންދާ ހަނގުރާމައިގައި ހުރަސްތައް ކުރިމަތިވަމުން ދާ ކަމުގައި ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ. ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން ސުންނާފަތި ނުކޮށް އޮތް ހަމައެކަނި ސިޓީއަކީ ރަފާޙައެވެ. އެ ސިޓީ އަތުލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން އިޒްރޭލުން އެތަނަށް ވައިގެ ޙަމަލާތައް ދެއްމުންގެންތާ ހަފްތާއެއް ހާ ދުވަސް ވަނީ ވެފައެވެ.

ރަފަޙަ ހިފުމަށް އިޒްރޭލުން ކުރާ މަސައްކަތުގެ ދަށުން އެތަނާއި، މިޞްރާ ގުޅޭ އިމުގެ ސަރަޙައްދަށް ސިފައިންނާއި، ޓޭންކުތައް ވަނީ ފޮނުވާފައެވެ. އަދި ރަފާޙަށް ވަނުމަށް އެކި ދިމާ ދިމާއިން ކުރަމުން ގެންދާ މަސައްކަތަށް އެކަށީގެންވާ ކުރިއެރުން ލިބިފައި ނުވާކަމަށް އިޒްރޭގެ ބައެއް ޚަބަރުފަތުރާ ވަޞީލަތްތަކުން ވެސް ރިޕޯޓުކުރަމުން ގެންދެއެވެ. އޭގެ އިތުރުން އަލްޖަޒީރާ ޢަރަބް ގައި ވެސް މި ޚަބަރު ވެއެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އައްޒައިތޫނި ސަރަޙައްދުގެ އައްޒައިތޫނި ކްލިނިކް ކައިރީގައި އޮތް އިޒްރޭލުގެ އަސްކަރީ އުޅަނދަކަށް ޙަމަލާ ދީފައިވެއެވެ. މި ޙާމާލާ ދިނީ ފަލަޞްޠީނުގެ މުޖާހިދުންގެ ތެރެއިން އަލްޤުދުސް ބްރިގޭޑްސް އިންނެވެ. މީގެއިތުރުން، އައްޒައިތޫން ސަރަހައްދުއްގެ މޫންލައިޓް ހޯލް ވަށައިގެން ތިބި ދުޝްމަނުންގެ އުޅަނދުތަކާއި ސިފައިންނަން ވެސް ޙަމަލާ ދީފައިވާކުމުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުން ދިޔަ އިޒްރޭލުގެ ޑްރޯން އެއް ވެސް ވައްޓާލެވުނު ކަމުގައި މުޖާހިދުން ޚަބަރުދެއެވެ.

ޣައްޒާގެ މުޖާހިދުން ހާމާކޮށްފައިވާ ގޮތުގައި، އައްޒައިތޫނިގެ އިރުމަތިން ވަންނަން މަސައްކަތްކުރި އިޒްރޭލުގެ އުޅާނދުތަކަކަށާއި، ސިފައިންގެ ފައުޖަކަށް ގޮވާތަކެއްޗާއި، މައިން ބޭނުންކޮށް، ޙަމަލަދީފައި ވެއެވެ. މި ޙަމަލާގައި ގިނަ ޢަދަދެއްގެ އުޅަނދުތައް ހަލާކުވެ، ސިފައިންނަށް އަނިޔާވެ، ސިފައި ވަނުން ހުއްޓުވާފައި ވާކަމުގައެވެ. މިއީ، ކުރިން އެ ސަރަޙައްދުގައި ތައްޔާރުކޮށްފައިވާ އަނދަވަޅަކުން އެ ސިފައިންނަށް ލިބުނު ގެއްލުން ކަމުގައި ވެސް ހާމަކޮށްފައި ވެއެވެ.