ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ރޭ މަރުވި 17 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވަން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރައްވަމުން ކަމަށެވެ. "ރޭ ނިޔާވި ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްލަތް ދަނީ ކުރަމުން،" ފުލުހުން ވިދާޅުވެފައިވެއެވެ.

ރޭގެ މާރާމާރީގައި އަނިޔާވެފައި ވަނީ މަރުވި ކުއްޖާއާއި އޭނާގެ ބޭބެއަށެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ ގއ. އަތޮޅު ހޮސްޕިޓަލްގައެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ބަންދު ކޮށްފައެވެ. އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް އެރަށަށް ފޮނުވުމަށް ވަނީ ނިންމައިފައެވެ.