ސަހްޔޫނީ އިޒްރޭލުގެ ޓޭންކުތަކުން ދެކުނުން ރަފާ ބަންދުކޮށް "ރެޑް ޒޯން" ވަށާލުމުގެ މަސައްކަތް ނިންމާލާފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ 100،000 މީހުން ހުސްކުރުމަށް އަންގާފައެވެ.

އެއީ އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުން ރާފާ އޮޕަރޭޝަންތައް ފުޅާކުރުމުގެ ހުއްދަ ދީފައިވާތީއެވެ.

ރާފާއަށް ކުރާ ހަމާލާތަކާގުޅިގަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ވޮޝިންޓަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އަދި ނުހުއްޓާނެކަމަށް ބުނެއެވެ.

ޖަޕާނުގެ އޮސާކާ ޖޮގަކުއިން ޔުނިވާސިޓީގެ ހިއުމަން ރައިޓްސް އެންޑް ޕީސް ސްޓަޑީޒް ޕްރޮފެސަރު ސައުލް ޓަކަހާޝީ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި އެމެރިކާގެ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޯދި ހޯދުމަކީ "އަންޑަސްޓޭޓްމަންޓް" ކަމަށް ބެލެވޭ ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނުމަށް ފަހު، ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓަކީ އެމެރިކާއިން ޒިންމާ އުފުލަން ދެކޮޅު ހެދާ، ނެރުނު ބިއުރޯކްރަޓިކް ރިޕޯޓެއް ކަމަށް ތަކަހާޝީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.