"ލޯޑް އޮފް ދަ ރިންގްސް" އާއި "ދަ ހޮބިޓް" ޓްރިލޮޖީގެ މަޝްހޫރު އުފެއްދުންތެރިން އާ ސިނަމެޓިކް ދަތުރެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވޯނާ ބްރޯސް ޑިސްކަވަރީ އިން ބުނެފިއެވެ.

"ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގޯލަމް" ގެ ނަމުގައި ފުރަތަމަ އިންސްޓޯލްމަންޓާއެކު، މި ޕްރޮޖެކްޓްގައި ސަރ ޕީޓާ ޖެކްސަން، ފްރާން ވޮލްޝް އަދި ފިލިޕާ ބޮޔެންސްގެ ޕަވަރހައުސް ޓްރިއޯ އަލުން ގުޅެއެވެ. ގޯލަމްގެ އައިކޮނިކް ރޯލުން މަޝްހޫރުކަން ހޯދާފައިވާ އެންޑީ ސާކިސް ޑައިރެކްޓްކުރުމުގެ އިތުރުން ގޯލަމްގެ ރޯލް އަލުން ކުޅެން ވަނީ ތައްޔާރުވެފަ އެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރާނީ ފީބީ ގިޓިންސް އާއި އާޓީ ޕަޕަޖިއޯޖިއޯއާއެކު ވޯލްޝް އާއި ބޮޔެންސްއެވެ.

އުފާފާޅުކުރަމުން ސާކިސް އިއުލާނުކުރީ ލޯބިވާ ރަހުމަތްތެރިންނާއެކު އަނެއްކާވެސް ނުކުންނަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ. ޖެކްސަން އާއި ވޮލްޝް އަދި ބޮޔެންސް ވެސް އެ އިހުސާސްތަކަށް ތާއީދުކޮށް، ޓޮލްކީންގެ ދުނިޔެއަށް އެނބުރި އައުމަށް އުފާފާޅުކުރިއެވެ. ވޯނާ ބްރޯސް ޕިކްޗާސް އާއި ނިއު ލައިން ސިނަމާ ގުޅިގެން އުފައްދާ މި ފިލްމުތަކަކީ އޮރިޖިނަލް ޓްރިލޮޖީއާ އެކު ސިނަމެޓިކް ތާރީހެއް ހެދި ޓީމަށް "މިޑްލް އާތު" އަށް އެނބުރި އަންނަ ފިލްމެކެވެ.

ޕީޓާ ޖެކްސަން ޑައިރެކްޓްކޮށްފައިވާ "ލޯޑް އޮފް ދަ ރިންގްސް" އާއި "ދަ ހޮބިޓް" ފިލްމު ޓްރިލޮޖީއަށް ތަފާތު ކާމިޔާބީތަކެއް ލިބި، މުޅި ދުނިޔޭގައި ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަފައެވެ. ޖޭ.އާރް.އާރް. ޓޮލްކީންގެ މަސައްކަތްތަކުގެ ވިޝުއަލް ސްޕްލެންޑާއި ހިތްގައިމު ވާހަކަކިޔައިދުނުމާއި ވަފާތެރި އެޑަޕްޓޭޝަންގެ ސަބަބުން ތައުރީފު ލިބިފައިވާ މި އެޕިކްތަކަކީ ސަގާފީ ޓަޗްސްޓޯންތަކެއްގެ ގޮތުގައި ދެމިއޮތް ފިލްމުތަކެކެވެ.