މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ފަރާތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ފުރުސަތު ލިބުނު މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެ އެމް.ޕީ.އެލްއިން މި ލިޔުންތައް އެފަރާތްތަކާ ހަވާލުކޮށްފައިވަނީ އެކުންފުނީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

އެގޮތުން މި އަހަރު އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާއި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައިފައެވެ.

އަދި ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާއި ވާހަކަދައްކަވަމުން ވަޖީހް ވަނީ އެމުވައްޒަފުންނަށް މަރުހަބާ ދަންނަވައި، މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.

މި އަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:

  • 1 – އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް
  • 2 – އަހުމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއަރ
  • 3 – އަހުމަދު އުންމީދު – ސަރވިސް އިންޖިނިއަރ
  • 4 – މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް
  • 5- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް

އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވާ ކަމަށާއި އަދި 3 މުވައްޒަފުން އުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވާ ކަމަށެވެ.