އިދިކޮޅުގައި ތިއްބެވީ ޕާކިސްތާނުގެ ނިއުކްލިއާ ގާބިލުކަމަށް ބިރުގަންނަ "ފިނޑިން" ތަކެއް ކަމަށް ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ އަސްކަރީ ހަރުދަނާކަމާ ގުޅޭ ގޮތުން ނޭޝަނަލް ކޮންފަރެންސްގެ ލީޑަރު ފާރޫގު އަބްދުالله ދާދި ފަހުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވީ، އިދިކޮޅުގައި ހަރަކާތްތެރި ވަނީ ޕާކިސްތާންގެ ނިއުކްލިއާ ގާބިލުކަމުގެ ސަބަބުން ހާސްވެފައި ތިބި ބައެއް ކަމަށެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިމިވަނީ ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރު އިންޑިއާއާ އެއްކުރުމާ ގުޅޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވުމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރީ އަތުގައި "އެޓޮމް ބޮން" އެބައޮތް ކަމަށް ފާރޫގު އަބްދުالله ވިދާޅުވުމާ ގުޅިގެންނެވެ.
"ޕާކިސްތާނުން ހަގީގަތް ގަބޫލުކުރަން ދެކޮޅު ހަދައިފިނަމަ، އެ މީހުންނާ ކުރިމަތިލާނެ ކަމުގެ ޔަގީންކަން ދެން. ކާބޯތަކެތީގެ ބާވަތްތައް ފަދަ ޒަރޫރީ ތަކެތި އެމީހުން އަތަކު ނެތް. މިހާރު އަޅުގަނޑަށް އަޑުއިވޭ ތަނޑިއެއްގެ ހިސާބުވެސް ޕާކިސްތާނުގައި ނެތްކަމަށް" ބިހާރުގެ މުޒައްފަރްޕޫރުގައި ބޭއްވި އެއްވުމެއްގައި މޯދީ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މޯދީ ވަނީ އިންތިހާބުތަކުގެ ދުވަސްވަރު ޕާކިސްތާނުގެ ނަން ބޭނުންކޮށްގެން ހަރުކަށި ފިކުރުގެ މީހުންގެ ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައެވެ.